ބައްސާމަށް ވާދަ ނުކުރެވޭ ގޮތަށް އެފްއޭއެމްގެ އިންތިހާބު އިއުލާނު ކޮށްފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަަށް ވާދަ ނުކުރެވޭ ގޮތަށް، އެ އެސޯސިއޭޝަންގެ އިންތިހާބަށް ހުޅުވާލައިފިއެވެ.

މި އިންތިޚާބު އޮންނާނީ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. އިންތިހާބަށް ހުޅުވާލައި އިއްޔެ ކުރި އިއުލާނުގައިވާ ގޮތުގައި ހިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާ އުފުލިފައިވާ ބައްސާމްއަށް އެ އިންތިހަަބުގައި ވާދަކުރެވޭނެ އެއްވެސް ފުރުސަތެއް ނެތެވެ.

ނޯމަލައިޒޭޝަން ކޮމިޓީން އިއުލާނު ކޮށްފައިވާ ގޮތުގައި، ޖުލައި މަހުގެ ނިޔަލަށް އެފްއޭއެމްގެ އައު އިންތިހާބު ނުބޭއްވިއްޖެނަމަ ފުރަތަމަ ފަހަރަށް ފީފާގެ ސަސްޕެންނަކާ ރާއްޖޭން ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

އެފްއޭއެމްގެ މި އިންތިހާބުގައި ބައްސާމް ވާދަކުރާނެ ކަމަށް ކުރިން ބެލެވުނު ނަމަވެސް، އިންތިހާބަށް އިއުލާނު ކުރިއިރު ބައްސާމަށް އިންތިހާބުގައި ވާދަކުރެވޭނެ ހުރިހާ ދޮރެއްވަނީ ސާފުކޮށް ބަންދުވެފައެވެ.

އެގޮތުން މި އިންތިހާބަށް ކޮށްފައިވާ އިއުލާނުގައި ފާހަގަކޮށްފައިވާ ޝަރުތުތަކުގެ ތެރޭގައި އިންޓެގްރިޓީއާ ގުޅުން ހުރި އެއްވެސް މައްސަލައެއްގައި ފީފާއިން ފިޔަވަޅު އަޅާފައިވާ މީހަކަށް ނުވުން ހިމެނެއެވެ. ބައްސާމްއަކީ ފީފާގެ ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހި، އޭނާއާ ދެކޮޅަށް ޝަރީއަތްތަކެއް ވެސް ކުރެވެމުންދާ މީހެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް