އުދަ އަރާފާނެތީ ބްރިޖުގައި ދަތުރުކުރާއިރު ސަމާލުވުމަށް އެދެފި

މިއަދު އުދަ އަރާފާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ ބްރިޖާއި ހައިވޭގައި، ދަތުރު ކުރައްވާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

މެޓް އޮފީހުން ހުދު ސަމާލު ނެރެފައި މިވަނީ މިއަދު 13:30 އިން 17:00 އަށެވެ. މެޓް އޮފީހުން ވަނީ މި ވަގުތުތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް އުދައަރާނެ ކަމަށް ލަފާކޮށްފައެވެ.

އެހެންކަމުން ފުލުހުން ބުނީ މިއަދު 13:30 އިން 17:00 އަށް އުދަ އެރުމުގެ ފުރުސަތު އޮތްކަމަށާއި، މި ވަގުތުތަކުގައި، ދަތުރުތައް ކުރެއްވުމަށް، ހަތަރު ފުރޮޅުލީ އުޅަނދު ބޭނުންކުރުމަށް އެދިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް