ލ. ގަމުގައި "ބިޔޯންޑް ޕްލާސްޓިކް ފެސްޓިވަލް" ގެ ނަމުގައި ހަރަކާތެއް ބާއްވައިފި
"ބިޔޯންޑް ޕްލާސްޓިކް ފެސްޓިވަލް" ގެ ނަމުގައި ލ. ގަމުގައި ހަރަކާތެއް ބާއްވައިފިއެވެ. މިއީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށްޓަކައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ލ. ގަމުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ކުރިޔަށްގެންދިޔަ ހަރަކާތެކެވެ. މި ފެސްޓިވަލްގެ ސްޓޯލްތައް ބައްލަވާލެއްވުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވެސް ވަނީ ސްޓޯލްތަކަށް ޒިޔާރަތް ކުރައްވާފައެވެ. އިއްޔެ ހަވީރު 15:00 އިން 18:30 އަށް ކުރިއަށް ގެންދިޔަ މިހަރަކާތުގައި ތިމާވެއްޓާއިބެހޭ ވުޒާރާގެ އިތުރުން، ސަރުކާރުގެ އެކި މުއައްސަސާތަކާއި އަމިއްލަ ޖަމިއްޔާތަކުންވެސް ވަނީ ބައިވެރިވެފައެވެ. ތިމާވެށީގެ ދުވަހުގެ ރަސްމީ ޖަލްސާ އޮތީ ރޭ ލ. ގަމުގައެވެ. ތިމާވެށީގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރމަންޓް ތޯރިޤް އިބްރާހީމް އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ވަނީ އިުރު އަތޮޅުތަކުގައި ބަައޯސްފިއަރ ރިޒާވް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަން ހާމަކުރައްވާފައެވެ. އޭގެ ތެރޭގައި ޅ އަތޮޅާއި ލ އަތޮޅު ހިމެނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް