އައި.ކޯސްޓް ފްރޮޖެކްޓް އިފްތިތާހުކުރައްވައިފި

އިންޓަގްރޭޓެޑް ކޮލެބޮރޭޓިވް އެޕްރޯޗެސް ފޮރ ސަސްޓެއިނަބަލް ޓުއަރިޒަމް ޕްރޮޖެކްޓް (އައި.ކޯސްޓް) ފްރޮޖެކްޓް މިއަދު އިފްތިތާޙްކޮށްފިއެވެ.

މި ޕްރޮޖެކްޓް ތައްޔާރުކުރުމުގެ މަރުހަލާ އިފްތިތާޙުކޮށްދެއްވާފައިވަނީ ޓޫރިޒަމް މިނިސްޓަރ ޠާރިޤު އިބްރާހީމް އެވެ.

މި ޕްރޮޖެކްޓަކީ ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމަށް ބޭނުންވާ ސިޔާސަތުތަކާއި ޕޮލިސީތައް ގާއިމުކުރުމަށާއި މާލީ އެހީތައް ލިބެންހުރި މިންވަރު ދެނެގަތުމަށާއި، ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ދެމެހެއްޓެނިވި ފަތުރުވެރިކަމަށް އަހުލުވެރިކޮށް އެކަމަށް ބާރުއެޅުމަށް ތައްޔާރުކުރެވޭ ޕްރޮޖެކްޓެކެވެ.

މީގެ އިތުރުން، އައި.ކޯސްޓް ޕްރެޖްކެޓަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓި (ޖެފް) ގެ ހިލޭއެހީގެ ދަށުން، މި މިނިސްޓްރީއާ ޔުނައިޓެޑް ނޭޝަންސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް އޯގަނައިޒޭޝަން (ޔުނިޑޯ) އާ ގުޅިގެން ތައްޔާރުކުރަމުންދާ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓް އިފްތިތާޙުކުރުމަށް މިއަދު ބޭއްވުނު އިންސެޕްޝަން ވޯކްޝޮޕްގައި ސަރުކާރުގެ އިދާރާތަކުންނާއި، ރިސޯޓްތަކުންނާއި، އިތުރު ސްޓޭކްހޯލްޑަރުންގެ 50 އަށް ވުރެ ގިނަ ފަރާތްތަކުންވަނީ ބައިވެރިވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް