ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބެގެން އިމްތިހާނުގައި ބައިވެރިވެވޭނެ ނިޒާމެއް ޤާއިމުކުރުމަށް މަޝްވަރާކޮށްފި

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބެގެން އިމްތިޙާނު ހެދޭނެ ނިޒާމެއް  ޤާއިމް ކުރުމާ ބެހޭގޮތުން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން އަދި މިނިސްޓަރ އޮފް ސިޓީސް އެންޑް ލޯކަލް ގަވަރމަންޓުން މަޝްވަރާކުރައްވައިފިއެވެ.

އެގޮތުން މި މަޝްވަރާގައި، ސިޓީސް މިނިސްޓްރީ ގައި ބޭއްވި މިބައްދަލުވުމުގައި މިނިސްޓަރ އާދަމް ޝަރީފް އުމަރުގެ އިތުރުން އެ މިނިސްޓްރީގެ ކްލަސްޓަރތަކާއި އަތޮޅުތައް ބެލެހެއްޓުމާއި ޙަވާލުވެ ތިއްބެވި ވެރިން ބައިވެރިވަޑައިގެންނެވިއެވެ. އަދި މި ބައްދަލުވުމުގައި ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އަލީ ހައިދަރު އަހްމަދު ގެ އިތުރުން އެ މިނިސްޓްރީގެ އިސްވެރިންވެސް ބައިވެރިވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރެވުނީ ހަޔަރ އެޑިޔުކޭޝަނުން ހިންގާ މަތީ ތައުލީމްގެ އެކި އެކި ޕްރޮގްރާމްތަކުގެ އިމްތިހާނުގައި ރައްޖޭގެ އެކި ކަންކޮޅުތަކުގައި ތިބެގެން ބައިވެރިވެނޭނެ ނިޒާމެއް ގާއިމް ކުރުމާއި ބެހޭގޮތުންނެވެ.

ރާއްޖޭގެ އެކި ސަރަހައްދުގައި ހަޔަރ އެޑިޔުކޭޝަނުން ދަނީ ޒުވާނުންނަށް އެކި އެކި ތަމްރީން ހިންގާނެ މަރުކަޒުތައް ގާއިމްކޮށް ކޯސްތައް ހިންގަމުންނެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް