މާލެއިން ޅ. އަތޮޅަށް ދަތުރު ކުރަނިކޮށް ބަންޑުން ޖަހާލީ ސިވެކްގެ "އެލްސީ 308" ލޭންޑިން ކްރާފްޓެއްކަމަށާއި އެ އުޅަނދުން ހަ މީހަކު ދަތުރުކުރިކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އެ މީހުންގެ ތެރޭގައި ހިމެނެނީ ތިން ސިފައިންނާ އަދި ތިން ބިދޭސީންނެވެ.إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ މިއަދު ހިނގި ކަނޑުމަތީގެ ހިތާމަވެރި ހާދިސާގައި ނިޔާވި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު، މި ދުނިޔެއާއި ވަކިވެގެންދިއުމަކީ އަޅުގަނޑަށް ވަރަށް ފުން ހިތާމައެއް ކުރުވި ކަމެކެވެ. ވޮރަންޓް އޮފިސަރ 2 ޢަލީ… pic.twitter.com/eU0Eyxv0Aa
— Dr Mohamed Muizzu (@MMuizzu) June 25, 2025
އެ އުޅަނދު، މިއަދު ހެނދުނު 10:30 ހާއިރު ބަންޑުން ޖަހާލި ކަމުގެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފުން ވަނީ ކަނޑުމަގުންނާއި ވައިގެމަގުން އެ އުޅަނދު ލޮކޭޓްކޮށް، އޭގެން ދަތުރުކުރި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކޮށްފައެވެ. އަދި އުޅަނދުން ދަތުރުކުރި މީހުންގެ ތެރެއިން ދެ މީހަކު ގެއްލުނު ކަމުގެ މަޢުލޫމާތު ލިބިގެން، އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ވޮރަންޓް އޮފިސަރ 2ޢަލީ ޙާމިދު ވަނީ ހޯދާފައެވެ. ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދު ފެނިގެން، ޅ. ނައިފަރު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމުގައި، އެ ހޮސްޕިޓަލުން ވަނީ މަޢުލޫމާތު ދީފައެވެ. މި ހާދިސާގައި ގެއްލިފައިވާ ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަމުންނެވެ.





