ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލުމާ ގުޅިގެން އެއިން ދަތުރުކުރި މީހުން ސަލާމަތްކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި
ސިވެކްގެ ލޭންޑިންގ ކްރާފްޓެއް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލުމާ ގުޅިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހަރަކާތްތެރިވާން ފަށައިފިއެވެ. މިކަން ހާމަކޮށް އެމްއެންޑީއެފުން ބުނީ ސިވެކްގެ ލޭންޑިންގ ކްރާފްޓެއް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލުމާ ގުޅިގެން، އޭގެން ދަތުރުކުރި މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. މި އުޅަނދު ބަންޑުން ޖެހުނު ސަބަބު ނުވަތަ އެއިން ދަތުރުކުރި މީހުންގެ އަދަދު އަދި އެމްއެންޑީއެފްއިން ހާމަކޮށްފައިނުވެއެވެ.  

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް