މި އަހަރުގެ އެންމެ ބޮޑު އެއް ރެއިޑް، "އޮޕަރޭޝަން ހަމަމަގު" އައްޑޫ ސިޓީގައި މިއަދު ފަށައިފި

މި އަހަރުގެ އެންމެ ބޮޑު އެއް ރެއިޑް، "އޮޕަރޭޝަން ހަމަމަގު" އައްޑޫ ސިޓީގައި މިއަދު މޯލްޑިވްސް އިމިގްރޭޝަނުން ފަށައިފިއެވެ.\

އައްޑޫ ސިޓީއަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މި އޮޕަރޭޝަނާ ގުޅިގެން އިމިގްރޭޝަނުން ބުނީ މިއީ ގަވާއިދާ ޚިލާފަށް އައްޑޫ ސިޓީގައި އުޅޭ ބިދޭސީން ޤާނޫނީ މަގަށް އެޅުވުމަށް ކުރެވޭ ޚާއްޞަ މަސައްކަތެއް ކަމަށާޢި، އައްޑޫ އަކީ އާބާދީ ބޮޑު އަދި ގަވާއިދާ ޚިލާފަށް އުޅެ ބިދޭސީންގެ މައްސަލަ ބޮޑުވަމުން އަންނަ ތަނެއް ކަމުގައިވާތީ، މި ރެއިޑު އޮޕަރޭޝަން ކުރިއަށްގެންދަނީ މުޅި އައްޑޫ ސިޓީއަށް އަމާޒުކޮށްގެން ކަމަށެވެ.

ޓާސްކް ފޯސްއިން އައްޑޫ ސިޓީގައި ކުރިއަށް ގެންދާ މި ރެއިޑު އޮޕަރޭޝަންގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން،ސީ.ޕީ (ރޓ) އަޙްމަދު ފަޞީޙް އަދި ޑެޕިއުޓީ ކޮންޓްރޯލަރ އަޙްމަދު އަޝްފާންގެ އިތުރުން 35 އިމިގްރޭޝަން އޮފިސަރުންނާއި އައްޑޫ ސިޓީ ފުލުހުން އަދި، އައްޑޫ ސިޓީ ކައުންސިލް މެންބަރުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

އިމިގްރޭޝަނުން ބުނީ ހެނދުނުން ފެށިގެން އިރުއޮއްސުމާ ހަމައަށް ކުރިއަށްގެންދާ މި އޮޕަރޭޝަންގައި ގަވާއިދާ ޚިލާފަށް އައްޑޫ ސިޓީގައި މަސައްކަތް ކުރަމުންދާ ބިދޭސީން ރާއްޖެއިން ފުރުވާލުމަށްޓަކައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މާލޭ ޑިޓެންޝަން ސެންޓަރަށް ގެނެވޭނެ ކަމަށާއި، މިފަދަ ބިދޭސީން ލައްވައި މަސައްކަތް ކުރުވާ ދިވެހީންނަށް ނޯޓިސް ދެވޭނެ ކަމަށެވެ.

އިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި އެ މުއައްސަސާގެ މަޤުޞަދަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގައި މިފަދަ އޮޕަރޭޝަންތައް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފުޅާކޮށް، ދީފައިވާ ހުއްދައިގެ ބޭރުން ރާއްޖޭގައި މަސައްކަތް ކޮށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަނެ، އެ ފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުން ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް