"ޒުވާނުންގެ ހޮޅުއަށި" ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

"ޒުވާނުންގެ ހޮޅުއަށި" ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

މިކަން ހާމަކޮށް އެ ވުޒާރާއިން ބުނީ މި ޕުރޮގުރާމު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން 30 ވަނަ ދުވަހުގެ 20:30 އިން 22:00 އަށް ސޯޝަލް ސެންޓަރުގައިކަމަށާއި އެ ފްރޮގުރާމުގައި މަޝްވަރާކުރާނީ "ޔޫތު ޕްލިޓިކަލް ޕާޓިސިޕޭޝަން"، މި މައުޟޫޢަށެވެ.

"ޒުވާނުންގެ ހޮޅުއަށި" އަކީ ޒުވާނުންނަށް މުހިންމު މައްސަލަތަކާ ގުޅޭގޮތުން ހިޔާލާއި ތަޖުރިބާ ހިއްސާކުރުމަށް ބާއްވާ ޕްރޮގުރާމެކެވެ.

މި ސެޝަންގައި ބައިވެރިވުމަށް 4000567 އަށް ގުޅާލުމުން ނުވަތަ އެކަމަށް ހާއްސަކޮށްފައިވާ ކިއުއާރް ކޯޑު ބޭނުންކޮށްގެން ރަޖިސްޓްރީވެވޭނެ ކަމަށް ޒުވާނުންނާ ބެހޭ ވުޒާރާއިން ބުނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް