ޅ. މަޑިވަރު އެއާޕޯޓު ކައިރިން ކަނޑުމަތިން ލޯންޗަކާއި ޑިންގީއެއް ޖެހި ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވި ޑިންގީގެ ކައްޕިއާއި އިތުރު މީހަކު އިތުރު ފަރުވާއަށް ރޭ މާލޭ ގެނެސްފިކަމަށް ފުލުހުން ހާމަކޮށްފިއެވެ.

އެގޮތުން މި ދެ މީހުން އިތުރު ފަރުވާއަށް މާލެ ގެނެސްފައިވަނީ ރޭގެ ވަގުތެއްގައިކަަމަށް ފުލުހުް ބުނެފައިވެއެވެ.

މަޑިވަރު އެއާޕޯޓާ ދިމާ ކަނޑުމަތިން ލޯންޗަކާއި ޑިންގީއެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ އިއްޔެ 20:26 ހާއިރު އެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެކްސިޑެންޓުގައި ޑިންގީގައި ތިބި ތިން މީހުންނަށް އަނިޔާވުމާ ގުޅިގެން ފުރަތަމަ ފަރުވާދީފައިވަނީ ޅ. އަތޮޅު ހޮސްޕިޓަލުގައެވެ.

މީގެ އިތުރުން، މި އެކްސިޑެންޓުގައި ހިމެނޭ ޑިންގީ އެކްސިޑެންޓަށްފަހު ގެއްލިފައިވާ ކަމަށާއި، ބެލެވެނީ އަޑިއަށް ގޮސްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އަދި ޑިންގީ ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން ފެނިފައިވާ ނުވާއިރު، މި ހާދިސާ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް