ޖެންޑަރ ސެންސިޓައިޒޭޝަން އަދި މެއިންސްޓްރީމިންގ ގެ ޓީއޯޓީ ޕްރޮގްރާމް ނިންމައިފި

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން 3 ދުވަހުގެ "ޖެންޑަރ ސެންސިޓައިޒޭޝަން އަދި މެއިންސްޓްރީމިންގ ޓްރެއިނިންގ އޮފް ޓްރެއިނަރސް (ޓީއޯޓީ)" ޕްރޮގްރާމް ނިންމާލައިފިއެވެ.

މި މަހުގެ 22 ވަނަ ދުވަހުން 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގެ މައިގަނޑު މަޤުސަދަކީ އެހެން ފަރާތްތަކާއި މުއައްސަސާތަކަށް ކުރިއަށް ގެންދެވޭނެ ތަމްރީނު ލިބިފައިވާ ފެސިލިޓޭޓަރުންގެ މައި ގްރޫޕެއް އެ ވުޒާރާގައި އުފެއްދުންކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުުޒާރާއިންވަނީ ބުނެފައެވެ.

މި ޓީއޯޓީގެ ފެސިލިޓޭޓަރުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވަނީ މިދާއިރާގައި ފުންނާބުއުސް ދެބޭފުޅުން ކަމުގައިވާ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ)ގެ ސީއީއޯ އާމިނަތު ޝިރާނީ ނައީމް އަދި ހޯޕް ފޯ ވިމަންގެ ޗެއާޕަރސަން އަޙްމަދު އަންވަރު އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް