ފާއިތުވި މަހު 158 ފަރާތަކަށް ތެރަޕިއުޓިކް ފަރުވާއަށް މާލީ އެހީ ފޯރުކޮށްދިން: އެންސްޕާ

މި އަހަރުގެ މޭ މަހުގެ ތެރޭގައި 158 ފަރާތަކަށް ތެރަޕިއުޓިކް ފަރުވާއަށް އެހީ ހަމަޖައްސައިދީފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ބުނެފިއެވެ.

އެންސްޕާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މޭ މަހުގެ ތެރޭގައި 158 ފަރާތަކަށް ތެރަޕިއުޓިކް ފަރުވާއަށް ދޭ އެހީގެ ގޮތުގައި 6،529،248ރ. ވަނީ ހަމަޖައްސައިދީފައެވެ.

މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް ޚަރަދު ހަމަޖައްސައިދިނުމުގެ ޕުރޮގުރާމުގެ ދަށުން ހަމަޖައްސައިދީފައިވާ އެހީއެވެ.

މީގެ އިތުރުން މޭ މަހުގައި ބޭސްފަރުވާގެ އެހީގެ ޕުރޮގުރާމުގެ ދަށުން ތެރަޕިއުޓިކް ފަރުވާއަށް 84 ފަރާތަކަށް 480،761ރ. ވަނީ ހަމަޖައްސައިދީފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް