އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ކެތު ލެބުގެ ޚިދުމަތް 4 މަސް ދުވަހުގެ ތެރޭގައި ފެށޭނެކަމަށް ވަޒީރު ވިދާޅުވެއްޖެ

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ކެތު ލެބުގެ ޚިދުމަތް 4 މަސް ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ކެތުލެބުގެ މަސައްކަތްތަކާ ގުޅޭގޮތުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ލިޔުމުން ޖަވާބު ހޯއްދެވުމަށް ދެންނެވި ސުވާލަށް މިއަދު ފޮނުއްވި ޖަވާބުގައި މިނިސްޓަރ ނާޒިމް އިބްރާހިމް ލިޔުމުން ފޮނުއްވެވި ޖަވާބުގައި ވިދާޅުވީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ކެތު ލެބު ގާއިމުކުރުމަށް އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، މެޝިނަރީސް އިންސްޓޯލް ކުރުމާ ގުޅުންހުރި މަސައްކަތްތަކުގެ ނުވަދިހަ އަށް ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.

ކެތުލެބު ފުރިހަމަ ކުރުމަށް އެތަން ހިންގާ ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް މިހާރު އިއުލާނުކޮށްފައިވާއިރު، ކެތު ލެބު ހިންގަން ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ފަރާތުގެ ޕްރޮޕޯސަލް ހޯދައި އެ ފަރާތަކާ ކެތުލެބު ހިންގުމުގެ ކަންކަން ހަވާލުކުރެވޭނެ ކަމަށާއި ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ޚިދުމަތް ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށް ސިއްޙީ ވަޒީރު ވިދާޅުވިއެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތަކަށް މިމަހުގެ ނަވާވީހުގެ ނިޔަލަށް ވަނީ ފުރުޞަތު ހުޅުވާލާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް