ފަތުރުވެރިކަމާ ގުޅޭ ފަރާތްތަކާއެކު މެދުއިރުމަތީގެ ހާލަތު މިދަނީ ބަލަމުން: ވަޒީރު

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތައް ހިމެނޭހެން ކަމާބެހޭ އެންމެހައި ފަރާތްތަކާ ގުޅިގެން މެދުއިރުމަތީގެ ހާލަތު ބައްލަވަމުން ގެންދަވާ ކަމުގައި ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު، ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އީރާނާއި އިސްރާއީލާ ދެމެދު މިހާރު ހިނގަމުންދާ ކުރިމަތިލުންތަކުގެ ތެރެއިން، ރޭގެ ވަގުތެއްގައި މަސްރަހު އިތުރަށް ގޯސްވެ، މެދުއިރުމަތީގެ ބައެއް ޤައުމުތަކުން ވައިގެ ސަރަޙައްދު ބަންދުކުރުމުގެ ސަބަބުން، އެ ސަރަޙައްދުގެ ވައިގެ ދަތުރުފަތުރަށް ވެސް ވަނީ ބުރޫ އަރައިފައިވަނިކޮށެވެ.

އެގޮތުން ވަޒީރު ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ސަލާމަތާއި ދުޅަހެޔޮކަން ކަށަވަރުކޮށް، އެއްވެސް ދަތިކަމެއް ނެތި ފަތުރުވެރިކަމުގެ ދާއިރާ ކުރިއަށްދާނެކަން ކަށަވަރުކުރެއްވުމަކީ މިވަގުތު އެންމެ އިސްކަމެއް ދެއްވާ ކަންތައްތައް ކަމުގައެވެ.

ރޭގެ ވަގުތެއްގައި މެދުއިރުމަތީގެ ބައެއް ޤައުމުތަކުން ވައިގެ ސަރަޙައްދު ބަންދުކުރިނަމަވެސް، މިހާރު ބައެއް ޤައުމުތަކުން ވަނީ ވައިގެ ސަރަޙައްދު އަލުން ހުޅުވައިލަން ފަށައިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް