ލަގްޒަމްބަރގްގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

ލަގްޒަމްބަރގްގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ބޮޑުވަޒީރުގެ ނައިބު، މިނިސްޓަރ ފޮރިން އެފެއާޒް އަދި މިނިސްޓަރ ފޮރ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެންޑް ހިއުމެނިޓޭރިއަން އެފެއާޒް، ޒަވިއޭ ބެޓެލް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ވަޒީރު ފޮނުވި މެސެޖުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި މަނިކުފާނަށާއި ލަގްޒަމްބަރގްގެ ސަރުކާރާއި ރައްޔިތުންނަށް ލަގްޒަމްބާގްގެ ގްރޭންޑް ޑިއުކްގެ ރަސްމީ އުފަންދުވަސް ފާހަގަކުރާ ޤައުމީ ދުވަހުގެ މުނާސަބަތުގައި ހޫނު މަރުހަބާ އެއް އަރިސްކޮށްފައިވެއެވެ.

އަދި ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން، ކުރިއަށް އޮތް އަހަރުތަކުގައި ވެސް އިތުރަށް ބަދަހިވެ، ކުރިއަރަމުންދާނެކަމުގައި ޔަޤީންކުރާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް