ފެނަކައިން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް ފެށުމަށް ބޭނުންވާ ތަކެތި އެ ރަށްރަށަށް ފޮނުވަން ފަށައިފި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް ފެށުމަށް ބޭނުންވާ ތަކެތި އެ ރަށްރަށަށް ފޮނުވަން ފަށައިފިކަމަށް އެ ކުންފުނިން ބުނެފިއެވެ.

މި މަސައްކަތް ފެށިފައިވަނީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ ތަކެތި އެ ރަށްރަށަށް ގެންދިޔުމުގެ ގޮތުންނެވެ.

އެގޮތުން، ށ. ނޫމަރާ އަދި ށ. ގޮއިދޫގައި ޤާއިމުކުރަން ހަމަޖެހިފައިވާ ޕޮލިސް ޕޯސްޓުތައް އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭނުންވާ ތަކެތި ވަނީ ލޯޑުކޮށް މިހާރު އެ ރަށް ތަކަށް ފޮނުވާފައިވާކަމަށް ފެނަކައިން ބުނެފައިވެއެވެ.

މީގެ އިތުރުންވެސް ރާއްޖޭގެ ގިނަ ރަށްތަކެއްގައި އެކިއެކި މަޝްރޫޢުތައް ހިންގުމަށް ފެނަކަ ކޯޕަރޭޝަނާ ވަނީ ހަވާލުކުރެވިފައެވެ. ފެނަކަ އިން ބުނީ އެ މަޝްރޫޢުތައް ފެށުމަށް ވަމުންދާ ތައްޔާރީތަކާއި މަޝްރޫޢުތަކުގެ މަސައްކަތްތައް ކުރިއަށްދާނެގޮތުގެ މައުލޫމާތު ކުރިއަށް އޮތްތާގައި ހިއްސާކުރަމުން ގެންދާނެ ކަމަށެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް