ކުޅިވަރަކީ ކާމިޔާބަށް މަސައްކަތްކުރަން ދަސްކޮށްދޭ މުހިންމު ހުނަރެއް: ރައީސް

ކުޅިވަރަކީ ކާމިޔާބަށް މަސައްކަތްކުރަން ދަސްކޮށްދޭ މުހިންމު ހުނަރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކުޅިވަރަށް ލޯބިކުރައްވާ އަދި ކުޅިވަރުގެ ދާއިރާގައި ޚިދުމަތްކުރައްވާ ހުރިހާ ބޭފުޅުންނަށް އޮލިމްޕިކް ދުވަހުގެ ތަހުނިޔާ ދަންނަވާ ސޯޝަލް މީޑިއާގައި ކުރެެއްވި ޕޯސަޓެއްގައެވެ.


މިއަދު ފާހަގަކުރާ ދުނިޔޭގެ އޮލިމްޕިކް ދުވަހުގެ ޝިއާރަކީ "ލެޓްސް މޫވް ޓުގެދާ ފޯ ހެލްތު" އެވެ. އޮލިމްޕިކް ދުވަސް 2025 ގެ ޝިއާރު ބާރުއަޅަނީ ދުނިޔޭގެ މުޖުތަމައުތައް އެއްތަންވެ، އެކުވެރިކަމާއެކު އެއް ރޫހެއްގައި ހަރަކާތްތެރިވެ އުޅުމަށެވެ.

ކޮންމެ އަހަރެއްގެ ޖޫން މަހުގެ 23 ގައި އޮލިމްޕިކް ދުވަސް ފާހަގަކުރަނީ 1894 ވަނަ އަހަރު އޮލިމްޕިކް ގޭމްސް އުފެއްދި ދުވަހުގެ ހަނދާނުގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް