އަމާން ހިޔާ ވަގުތީ ގޮތުން ހިންގުމަށް މާލެސިޓީ ގުރޫޕް އޮފް ހޮސްޕިޓަލް އާއި ހަވާލުކޮށްފި

ވިލިމާލޭގައި ހުންނަ އަމާން ހިޔާގެ އިމާރާތް މާލެސިޓީ ގުރޫޕް އޮފް ހޮސްޕިޓަލް އާއި ހަވާލުކޮށްފިއެވެ.

މިކަން ހާމަކޮށް މިނިސްޓްރީ އޮފް ހެލްތުން ބުނީ ވިލިމާލޭގައި ހުންނަ އަމާން ހިޔާގެ އިމާރާތް މާލެސިޓީ ގުރޫޕް އޮފް ހޮސްޕިޓަލް އާއި ހަވާލުކުރަން ނިންމީ، ވިލިމާލޭގައި ޤާއިމްކުރުމަށް ނިންމާފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް "ވިލިމާލެ-ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" އެޅުމަށް ބޭނުންވާ ބިން ހުސްކުރުމަށްޓަކައި ކަމަށެވެ.

އަދި ވިލިމާލެ ހޮސްޕިޓަލް މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްއާއި ހަވާލުކުރީ ވަގުތީގޮތުން ހިންގުމަށްކަމަށްވެސް މިނިސްޓްރީންވަނީ ބުނެފައެވެ.

"ވިލިމާލެ-ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް"އަކީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ފަހުގެ ވަސީލަތްތައް ހުރި ތަނަށް ވާނެ ކަމަށާއި ޗައިނާގައި ސިއްހީ ހިދުމަތްދޭ އެއް މިލިއަނަށް ވުރެ ގިނަ މަރުކަޒުގައި ބޭނުންކުރާ މެޑިކަލް ޑިވައިސްތަކުގެ 96 ޕަސެންޓަކީ އެ ގައުމުގެ އަމިއްލަ އުފެއްދުންތައް ކަމަށް ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރުވަނީ ވިދާޅުވެފައެވެ. އޭގެ އިތުރުން، ސިއްހީ ދާއިރާއަށް އައިސްފައިވާ ކުރިއެރުންތަކާ އެކު ލައިފް އެކްސްޕެންޓެންސީ ވެސް 70 އަހަރުގެ ތެރޭގައި 35 އަހަރުން 75 އަހަރަށް މަތިވެފައިވާ ކަމަށް ސަފީރު ވިދާޅުވި އެވެ.

މީގެ އިތުރުން ދުނިޔޭގައި މި ވަގުތު ހުރި އެންމެ ބޮޑު ހޮސްޕިޓަލު ވެސް ހުރީ ޗައިނާގައި ކަމަށްވާއިރު އެ ތަޖުރިބާތަކާ އެކު، ވިލިމާލޭގައި އަޅަނީ އެންމެ މަތީ ފެންވަރުގެ ހޮސްޕިޓަލެއް ކަމަށް ސަފީރު ވިދާޅުވި އެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް