މެޓަބޮލިކް ޑިސްއޯޑާއަށް ފަރުވާދިނުމަށް ޙާއްސަ ސެންޓަރެއް ރާއްޖޭގައި ހުޅުވައިފި

މެޓަބޮލިކް ޑިސްއޯޑާއަށް ފަރުވާދިނުމަށް، މެޓަބޮލިކް ސެންޓަރެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުޅުވައިފިއެވެ.

މޯލްޑިވްސް ނިއުރޯ އެންޑޯކްރައިން މެޑިކަލް ފެސިލިޓީގެ ފަރާތުން ހުޅުވި މި ސެންޓަރު ހުންނާނީ ލިލީ މަގުގައެވެ.

މި ސެންޓަރު ހުޅުވައިދެއްވީ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް އެވެ.

މި ސެންޓަރުން ހަކުރުބަލި، ކޮލެސްޓްރޯލް،ލޭގެ ޕްރެޝަރ މައްޗަށް ދިއުން ފަދަ ބައްޔެއް ހުރިނަމަ އެކަން މޮނިޓަރކޮށް، ޓެސްޓުކޮށް އެކަމަށް ފަރުވާކުރެވޭނެއެވެ.

މި ސެންޓަރުން ހުރިހާ އުމުރެއްގެ މީހުންނަށްވެސް ޚިދުމަތް ދޭނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް