ދުވާލަކު 1000 ޓަނުގެ ފެން އުފައްދާ އާރުއޯ ޕްލާންޓެއް މާލޭގައި ބަހައްޓައިފި

ދުވާލަކު 1000 ޓަނުގެ ފެން އުފައްދާ އާރުއޯ ޕްލާންޓެއް މާލޭގައި ހުންނަ އޮޕަރޭޝަން ސެންޓަރުގައި ބަހައްޓައިފިއެވެ.

މިކަން ހާމަކޮށް އެމްޑަބްލިޔުއެސްސީން މައުލޫމާތު ދިންގޮތުގައި މި ފެންޕްލާންޓުގެ ސަބަބުން ދުވާލަކު އުފައްދާ ފެނުގެ މިންވަރު މިހާރު ފެން އުފައްދާ މިންވަރު އިތުރުވެ ދުވާލަކު  ( 28000 ) އަށާވީސް ހާސް ޓަނަށް އިތުރު ވެގެންދާނެއެވެ. މީގެ އިތުރުން ރައްޔިތުންނަށް ރައްކާތެރި ފެން ފޯރުކޮށްދިނުން އިތުރަށް ކަށަވަރުގެންދާނެ ކަމަށްވެސް އެމްޑަބްލިޔުއެސްސީން މައުލޫމާތުދެއެވެ.

ހަމަމިއާއި އެކު ގްރޭޓަރ މާލެ ސަރަހައްދުގެ ފެނުގެ ޑިމާންޑް އިތުރުވަމުންދާ މިންވަރަށް ފެން ފޯރުކޮށްދިނުމަށް ވެސް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް