ހދ. އަތޮޅުގައި ދަނޑުވެރިކަން ކުރިއެރުވުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ހދ. އަތޮޅުގައި ދަނޑުވެރިކަން ކުރިއެރުވުމާއި ގުޅޭގޮތުން އެ އަތޮޅު ކައުންސިލާއި ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާއި ބެހޭ ވުޒާރާ އާއި އެކު މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ހދ. އަތޮޅުގައި ދަނދުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކާއި މެދުގައި އަތޮޅުކައުންސިލުން ހުރި ކަންބޮޑުވުންތައް ވަނީ ހިއްސާކުރައްވާފައެވެ. އަދި އެއަތޮޅުގައި ދަނޑުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށް މިނިސްޓްރީ އާއި ގުޅިގެން އިތުރު ތަމްރީން ޕްރޮގްރާމްތައް ހިންގުމާއިބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

ހދ ކައުންސިލުން ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް މި ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރ ހަސަން ދީދި އާއި މި ވުޒާރާގެ ޕާމަނަންޓް ޑިރެކްޓަރ ބައިވެރިވެވަޑައިނެވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް