"މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ފުރަތަމަ ދަންފަޅި 440 ދަރިވަރަކަށް އިނާމުދީފި

"މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ފުރަތަމަ ދަންފަޅި 440 ދަރިވަރަކަށް އިނާމުދީފިއެވެ.

2023 އަދި 2024 ވަނަ އަހަރުގެ ސާނަވީ އަދި މަތީ ސާނަވީ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް ދޭ "މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ފުރަތަމަ ދަންފަޅި މިއަދު ހެނދުނު ބާއްވާފައިވާއިރު، މިއަހަރު މި އިނާމް ދިނުމަށް 5 ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދާނެއެވެ. މި މިރަސްމިއްޔާތު އޮތީ ސޯޝަލް ސެންޓަރުގައެވެ.

"މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުރީގެ ރައީސް އަދި ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް ޑރ. މުޙައްމަދު ވަހީދު ޙަސަން އެވެ.

 ފުރަތަމަ ދަންފަޅީގައި ސާނަވީ އިމްތިހާނު ނިންމި ދަރިވަރުންގެ ތެރެއިން ގަދަ 9 ގައި ހިމެނިފައިވާ 221 ދަރިވަރުންނަށާއި ގަދަ 8 ގައި ހިމެނިފައިވާ 219 ދަރިވަރުންނަށް ވަނީ ޓްރޮޕީ ހަވާލުކޮށްފައެވެ. އެގޮތުން ޖުމްލަ 440 ދަރިވަރުންނަށް ޓްރޮފީ ހަވާލުކޮށްފައެވެ.

 2023-2024 ވަނަ އަހަރު ގަދަ ދިހައިގައި 1800 އަށްވުރެ ގިނަ ދަރިވަރުން ތީ އަރުތަވެރިންގެ އިނާމު ޙާޞިލުކުރެއެވެ.

މީގެ ތެރެއިން އޯލެވެލް އަދި އޭލެވެލްއިން 1 ވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި، އޭލެވެލް އިން 1ވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސްކޮލަރޝިޕްގެ އިތުރުން އޭ ފާސް ނުވަތަ އެއަށްވުރެ މަތިން ހޯދާ ދަރިވަރުންނަށް ދެވޭ ހައި އެޗީވަރސް ސްކޮލަރޝިޕް ހަވާލުކުރުންވެސް މިރަސްމިއްޔާތުތަކުގެ ތެރޭގައި އޮންނާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް