އައްޑޫ ސިޓީ ހިތަދޫ އަވަށުގައި ފްލޯޓިންގ ރެސްޓޯރަންޓަކާއި ތީމް ޕާރކެއް ޤާއިމްކުރަނީ
އައްޑޫ ސިޓީ ހިތަދޫ އަވަށުގައި ފްލޯޓިންގ ރެސްޓޯރަންޓަކާއި ތީމް ޕާރކެއް ޤާއިމްކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިކަން ހާމަކޮށް އެ ކައުންސިލުން ކުރި ޕޯސްޓެއްގައި ބުނީ އައްޑޫ ސިޓީ ހިތަދޫ އަވަށުގައި ފްލޯޓިންގ ރެސްޓޯރަންޓަކާއި އިޔާދަކުރަނިވި ހަކަތަ ބޭނުން ކޮށްގެން ތީމް ޕާރކެއް ތަރައްޤީކުރުމުގެ ގޮތުން އައްޑޫ ސިޓީ ކައުންސިލާއި އީ.އޭ.ޖީ ފައިނޭންސް, މޯލްޑިވްސް ޓްރެވެލް ކްލަބް އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން، ރެސްޓޯރަންޓް ޤާއިމްކުރުމުގެ އިތުރުން ޒަމާނީ ވަސީލަތްތަކާއެކު ތީމް ޕާރކެއް ޤާއިމު ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެ ކައުންސިލުންވަނީ ހާމަކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް