ޖަލު އިމާރާތް ކުރުމަށާއި"ހޯޕް އައިލެންޑް" ތަރައްޤީކުރުމަށް ބޭރުގެ ކުންފުނިތަކަކުން ޝައުގުވެރިކަން ފާޅުކޮށްފި

ރާއްޖޭގައި މަރުކަޒީ ޖަލެއް އިމާރާތް ކުރުމަށާއި ކުށްކުރާ ކުޑަކުދިން ރީހެބިލިޓޭޓް ކުރުމަށް ތަރައްގީ ކުރާ "ހޯޕް އައިލެންޑް" އިމާރާތް ކުރުމަށް، ބޭރުގެ ކުންފުނިތަކަކުން ޝައުގުވެރިކަން ފާޅުކޮށްފިކަމަށް އެމެރިކާގެ ކުންފުންޏަކާއެކު އިތުރު ތިން ކުންފުންޏެއް ކުރިމަތިލާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ޕީއެސްއެމްއަށް ދެއްވި އިންޓަރވިއުއެއްގައެވެ. އެގޮތުން، ސަރުކާރުން ރާވާފައިވާ މި ދެ މަޝްރޫޢުއަށް ކުރިމަތިލާފައިވަނީ ދިވެހި ކުންފުންޏަކާއި ޗައިނާގެ ކުންފުންޏަކާއި، މެލޭޝިއާ އަސި އެމެރިކާގެ ކުންފުންޏަކުންކަމަށާއި، އެ މަސައްކަތް ހަވާލު ކުރާނީ އެންމެ ރަނގަޅު ބައެއް ބެލުމަށްފަހު، އަންނަ މަސް ތެރޭގައި ކަމުގައި ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު އިހްސާން ވިދާޅުވީ އެ މަޝްރޫއަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ގާބިލު ކުންފުނިތަކަކުންނެވެ.

"ވަރަށް ކޭޕަބަލް ކުންފުނިތައް. ފައިނަލް ޕްރޮޕޯސަލްތައް ލިބުމުން އިވެލުއޭޓްކޮށް، ކުންފުންޏެއް ހޮވާނީ،" އިހްސާން ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގައި މިހާތަނަށް ޖަލުތައް ގާއިމުކޮށްފައި ހުރީ، ކަރެކްޝަން އަދި ރިހެބިލިޓޭޝަނަށް ފުރުސަތު ނުލިބޭ ގޮތަށް ކަމަށާއި އެތަންތަން ހުރީ، ހަމައެކަނި މީހުން ހައްޔަރުކޮށްފައި ބައިތިއްބާ ތަންތަނުގެ ގޮތުގައި ކަމަށްވެސް މިނިސްޓަރުވަނީ ވިދާޅުވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް