ކެޑޭޓް ޕައިލެޓުންގެ ވަޒީފާގެ މައްސަލަ ދަނީ ހައްލުކުރަމުން: ވަޒީރު އަމީން

ދިވެހި ސަރުކާރުން ކެޑޭޓް ޕައިލެޓުންގެ ވަޒީފާގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމުގެ ޚާއްޞަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން، ރައްޔިތުން ކުރައްވާފައިވާ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަމީން ވިދާޅުވި ގޮތުގައި، މި މައްސަލައަކީ ސިޔާސީ ގޮތުން ވެސް ނަގަން ނުވާނެ ވަރުގެ މުހިންމު މައްސަލައެއްކަމަށެވެ. އެގޮތުން، ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ ކުރިއެރުން ހަތް ޕަސެންގައި ހުރި އިރު، ފާއިތުވި 5 އަހަރުގެ ތެރޭގައި އެވްރެޖްކޮށް އަހަރަކު 20 އިން 25 އަށް ވުރެ ގިނަ ކެޑޭޓް ޕައިލެޓުންނަށް ވަޒީފާގެ ފުރުޞަތު ހުޅުވިފައިވަނީ ހަމައެކަނި މޯލްޑިވިއަން އަދި ޓީ.އެމް.އޭ.އޭ ފަދަ މަދު އެއަރލައިންތަކަކުންކަމަށް މިނިސްޓްރު ވިދާޅުވިއެވެ.

"އެއްވެސް އެއަރލައިނެއް ހަމައެކަނި ކެޑޭޓް ޕައިލެޓުން ލައިގެން އޮޕަރޭޓް ނުކުރެވޭނެ," މިނިސްޓަރ އަމީން ވިދާޅުވިއެވެ. އަދި މިނިސްޓަރ ހާމަކުރެއްވި ގޮތުގައި، ނިމިދިޔަ 5 އަހަރު ތެރޭގައި 500 އަށް ވުރެ ގިނަ ދިވެހި ދަރިވަރުންނަށް ޕައިލެޓް ޓްރެއިނިންގއަށް ސްކޮލަރޝިޕް ދީފައިވެއެވެ. މިއީ ޤައުމަށް ބޭނުންވާ ވަރަށްވުރެ އިތުރު އަދަދެއް ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

 މިނިސްޓަރ އަމީން އިތުރަށް ވިދާޅުވި ގޮތުގައި، މިހާރު ރާއްޖޭގައި ކެޑޭޓް ޕައިލެޓުންގެ ވަޒީފާ ބިދޭސީންނަށް ނުދެއެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި، މިހާރު އޮތް މިންގަނޑަށްވުރެ އިތުރަށް ކުދިން ނެގުމަށް އޮޕަރޭޓަރުންނަށް އަންގާފައިވާ ކަމަށްވެސް މިނިސްޓަރ ހާމަކުރެއްވިއެވެ.

"މިވަގުތު އިތުރު ޕައިލެޓް ޓްރެއިނިންގއަށް ފުރުސަތުތައް ހުޅުވާނެކަމަކަށް ޤަބޫލެއް ނުކުރަން. އެހެންނަމަވެސް، ކުރިން ފުރުސަތު ލިބިފައިވާ ދަރިވަރުންނަށް އެއްވެސް ހުރަހެއް ނާޅާނަން," މިނިސްޓަރ އަމީން ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މި މައްސަލައަށް ޚާއްޞަ ސަމާލުކަމެއް ދެމުންދާ ކަމަށާއި، ކެޑޭޓް ޕައިލެޓުންގެ ވަޒީފާގެ މައްސަލަ ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށްވެސް މިނިސްޓަރ އަމީން ފާހަގަކުރެއްވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް