26 ޖޫން ވާ ބުރާސްފަތި ދުވަހު ބްލަޑް ސަރވިސަސް ބަންދުވާނެ

26 ޖޫން ވާ ބުރާސްފަތި ދުވަހު މޯލްޑިވިއަން ބްލަޑް ސަރވިސަސް ބަންދުވާނެ ކަމަށް އެ ސަރވިސަސް އިން ބުނެފިއެވެ.

މިކަން ހާމަކޮށް އެ ސަރވިސަސް އިން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ ޖޫން 26 ވާ ބުރާސްފަތި ދުވަހަކީ ހިޖުރީ އައު އަހަރު ފެށޭ ދުވަސް ކަމުން އެ ދުވަހަކީ ރަސްމީ ބަންދު ދުވަހަކަށްވާތީ، އެ ދުވަހު އެ ސަރވިސަސް ބަންދުވާނެ ކަމަށެވެ.

މީގެ އިތުރުން، އިމަރޖެންސީ ހާލަތެއްގައި އައިޖީއެމްއެޗް ނުވަތަ ހުޅުމާލޭ ހޮސްޕިޓަލުގެ އިމަރޖެންސީ އަށް ދުރުވުމުން ފަރުވާ ކަންތައް ހަމަޖެހޭނެ ކަމަށް އެ ސަރވިސަސް އިން ބުނެއެވެ.

އަދި ޖޫން 28 ވާ ހޮނިހިރު ދުވަހުން ފެށިގެން އެ ސަރވިސަސް އިން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވާ ގަޑިތަކުގައި ޚިދުމަތް ދެމުންގެންދާނެ ކަމަށްވެސް ބްލަޑް ސަރވިސަސް އިން ބުނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް