އިމިގްރޭޝަންގެ ކޮންޓްރޯރަރ އަޙްމަދު ފަސީޙް، ސީޕީގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ސީޕީ (ރިޓަޔަރޑް) އަޙްމަދު ފަސީޙް، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ. މިކަން ހާމަކޮށް އިމިގްރޭޝަނުން ބުނީ މި ބައްދަލުވުމުގައި ކޮންޓްރޯލަރ ވަނީ އަލަށް ޢައްޔަންކުރެވުނު ސީޕީ އަށް މަރުޙަބާ ވިދާޅުވެފައިކަމަށެވެ. އަދި އެ ދެ ބޭފުޅުން ވަނީ ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވައިފައެވެ. ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އިސްމާޢީލް ނަވީން ޢައްޔަންކުރެއްވީ މި ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް