މެއިންޓަނަންސް މަސައްކަތެއް ކުރިއަށް ގެންދާތީ މިރޭ ޚިދުމަތް މެދުކެނޑޭނެ: ބީއެމްއެލް

މެއިންޓަނަންސް މަސައްކަތެއް ކުރިއަށް ގެންދަން ނިންމާފައިވާތީ، މިރޭ ދަންވަރު ހިދުމަތްތައް މެދުކެނޑިދާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން މިއަދު ބުނެފި އެވެ.

އެކަން ހާމަކޮށް ބީއެމްއެލްއިން ކޮށްފައިވާ ޕޯސްޓެއްގައި ބުނީ މިރޭ ދަންވަރު 2:00 އިން ފަތިހު 5:00 އާ ދެމެދު 30 މިނެޓަށް ބޭންކުގެ ގިނަ ހިދުމަތްތަކެއް މެދުކެނޑޭނެކަމަށާއި އެގޮތުން އިންޓަނެޓް ބޭންކިން އާއި ބެންކުގެ ވެބްސައިޓު އަދި ޕީއޯއެސް މެޝިންތަކާއި އޭޓީއެމްގެ އިތުރުން ޕޭމަންޓު ގޭޓްވޭ ހިދުމަތް ވެސް މެދުކެނޑޭނެކަމަށެވެ.

މީގެ އިތުރުން ކާޑުގެ ހިދުމަތާއި ޑޮލަރު ބުކިން ޕޯޓަލްގެ ހިދުމަތް ވެސް އެވަގުތަށް މެދުކެނޑޭނެ ކަމަށްވެސް ބީއެމްއެލް އިން ބުނެފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް