"ސިވިލް ސޮސައިޓީ އެވޯޑް" އަށް ކުރިމަތިލާން ހުޅުވާލައިފި

"ސިވިލް ސޮސައިޓީ އެވޯޑް" އަށް ކުރިމަތިލުމުގެ ފުރުސަތު ޔޫތް މިނިސްޓްރީން ހުޅުވާލައިފިއެވެ.

މިކަން ހާމަކޮށް އެ މިނިސްޓްރީން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މި އެވޯޑަށް ޖުމްލަ 9 ދާއިރާއަކުން ކުރިމަތިލާން ހުޅުވާލާފައިވާކަމަށެވެ. އެދާއިރާތަކަކީ؛

  • - އެމްޕަވާމަންޓް އޮފް ވޮމެން، ޗިލްޑްރަން، އެންޑް ޔޫތު
  • - ސަޕޯޓް ފޯ ޕީޕަލް ވިތު ޑިސޭބިލިޓީސް
  • - އެޑިއުކޭޝަން އެންޑް ލައިފްލޯންގް ލާނިންގް
  • - އިކޮނޮމިކް އެމްޕަވާމަންޓް އެންޑް ޕްރޮޑަކްޓިވިޓީ
  • - ޑްރަގް ޕްރެވެންޝަން އެންޑް ކޮމިއުނިޓީ ސޭފްޓީ
  • - ޕްރިޒާވޭޝަން އޮފް ކަލްޗާ، ލޭންގްވޭޖް. އެންޑް ހެރިޓޭޖް
  • - ޕްރޮމޯޝަން އޮފް އާރޓްސް، ކްރިއޭޓިވިޓީ، އެންޑް އައިސީޓީ
  • - އެންވާރަމަންޓަލް ޕްރޮޓެކްޝަން އެންޑް ކްލައިމެޓް އެކްޝަން
  • - ހެލްތު އެންޑް ވެލްބިއިން ޕްރޮމޯޝަން

މިއިނާމަކީ އިޖުތިމާއީ ގޮތުން މުޖުތަމައު ބާރުވެރި ކުރުވުމަށް އަމިއްލައިސްނެގުމުގެ މަތީން، ތަފާތު ގޮތްގޮތުން އެ ޖަމްއިއްޔާއެއް ނިސްބަތްވާ މުޖްތަމައުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ކުރިއެރުވުމަށް ހިލޭސާބަހަށް މަސައްކަތް ކުރުމުގައި މަދަނީ ޖަމްއިއްޔާތަކުގެ ތެރެއިން ނަމޫނާ ދައްކުވައިދޭ ފަދަ މަސައްކަތްތައް ކޮށްފައިވާ ޖަމްއިއްޔާ ތަކަށް ދެވޭ އިނާމެކެވެ.

މި އިނާމުގެ ސަބަބުން ޖަމްއިއްޔާތަކުން ކުރާ މަސައްކަތްތައް ގައުމީ ފެންވަރުގައި ފާހަގަކުރެވޭނެއެވެ.

މަދަނީ ޖަމްއިއްޔާތަކުގެ އިނާމް ލިބޭފަރާތްތަކަށް، ޖަމްއިއްޔާތަކަށް ދެވޭ ހާއްސަ އެވޯޑާއި، ސެޓްފިކެޓް ވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިއެވޯޑަށް ނަން ހުށަހެޅުމަށް ޝައުގުވެރިވާ ޖަމްއިއްޔާތަކުން، 10 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މިނިސްޓްރީގެ ކައުންޓަރަށް (ސޯޝަލް ސެންޓަރ) އެޕްލިކޭޝަން ފޯމް ނުވަތަ އެ މިނިސްޓްރީގެ އީމެއިލްއަށް [email protected] މެއިލް މެދުވެރިކޮށް ހުށަހެޅުމަށް އެ މިނިސްޓްރީންވަނީ ބުނެފައެވެ.

މަދަނީ ޖަމްޢިއްޔާތަކުގެ އިނާމަށް ކުރިމަތިލުމުގެ އެޕްލިކޭޝަން ފޯމް ޔޫތް މިނިސްޓްރީގެ ވެބްސައިޓް www.youth.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް