އެންސީޓީސީގެ ޑިރެކްޓަރ ޖެނެރަލް، ސީޕީގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ވައިސް ވަހީދު، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއްކުރައްވައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ މައި އިދާރާ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ގައި އިއްޔެ ކުރިއަށް ދިޔަ މި ބައްދަވުމުގައި، މަސައްކަތްތައް ކުރިއަށްދާ ގޮތާއި ބެހޭގޮތުން މަޝްވަރާކުރައްވައި، މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކުރުމަށްޓަކައި ދެ ފަރާތް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރގެ އިންފޮމޭޝަން އެންޑް އެނަލަސިސްގެ ހެޑް ކާނަލް ޑރ. މިރާޒް މުޙައްމަދު ފުޅު އާއި ހެޑް އޮފް ސްޓްރެޓެޖިކް ކޮމިޝަންސް ލެފްޓިނަންޓް ކާނަލް އަދުނާން މުޙައްމަދު އާއި  ހެޑް އޮފް ރިސަރޖް އެންޑް ޕަބްލިކޭޝަން އަދި ހެޑް އޮފް އެވެއަރނަސް ޕްރޮގްރާމްސް މޭޖަރ އިބްރާހިމް ތައުފީޤުގެ އިތުރުން އެސެންޓަރުގެ އެޑްމިނިސްޓްރޭޓަރ އާދަމް ޒާހިރު ބައިވެރިވެވަޑައިގެންނެވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް