ގުރައިދޫ އެއާޕޯޓު ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

ތ. ގުރައިދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީ އިން ފަށައިފި އެވެ.

މިކަން ހާމަކޮށް އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރާނެ ކަމަށާއި އެގޮތުން 13.80 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަކަމަށެވެ. އަދި 979 މީޓަރުގެ ސަރަހައްދެއްގައި ހިލަ ރެވެޓްމެންޓެއް ޖެހުމާއި 609 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓެއް ޖެހުމަށްވެސް ވަނީ ނިންމާފަ އެވެ.

މިއީ 106.02 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ތ. ގުރައިދޫއަކީ 2،272 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. މި ރަށަކީ އަތޮޅުގެ ގިނަ ބަޔަކު ވިޔަފާރި ކުރުމަށްޓަކައި ޒިޔާރަތްކުރާ ރަށެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް