ކުރީގެ ރައީސް ނަޝީދާއި، ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއަށް އެނބުރި އަންނާތީ އެމްޑީޕީން މަރުޙަބާ ކިޔައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްރެޓްސް ޕާޓީގެ މެންބަރުން އަލުން އެމްޑީޕީއާ ގުޅެން ނިންމި ނިންމުމަށް އެމްޑީޕީން މަރުހަބާ ކިޔައިފިއެވެ.

އެމްޑީޕީން ރޭ ނެރުނު ނޫސްބަޔާނެއްގައި، ޤައުމަށް ހަގީގީމާނައިގައި މަސައްކަތްކުރާ ކޮންމެ ބަޔަކަށްވެސް އެ ޕާޓީ ހުޅުވާލެވިފައިވާ ކަމަށް ބަޔާންކޮށް ވަނީ ކުރީގެ ރައީސް، މުހައްމަދު ނަޝީދު އަދި ދަ ޑިމޮކްރަޓިސް އަށް ނިސްބަތްވާ މެމްބަރުންނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

އަދި ޑިމޮކްރަސީ ނުރައްކަލެއްގެ ތެރޭގައި އޮތް މި ދަނޑިވަޅަކީ މުހިންމު އިސްލާހީ މަސައްކަތެއް ކުރަންޖެހިފަިއިވާ ދަނޑިވަޅެއް ކަމަށާއި ޕާޓީ އާއި ގުޅޭ ކޮންމެ މެމްބަރަކީ ވެސް ގައުމުގެ ހައްގުގައި ވަކާލާތުކުރަން ފަސްނުޖެހޭ މެމްބަރުންކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި އެމްޑީޕީން އަބަދުވެސް ސަރުކާރު ޖަވާބުދާރީ ކުރުމުގައި ދެމިއޮންނާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެެއެވެ.

ރޭ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާއެއްވެސް ވަނީ ބާއްވާފައެވެ. އެ ޖަލްސާއިން ނިންމީ ރައީސް ނަޝީދު އަދި ދަ ޑިމޮކްރަޓްސް ގެ މެމްބަރުންނަށް މަރުހަބާ ކިޔުމަށެވެ. އެއާޢި އެކު ރޭ އެޕާޓީގެ ރައީސް އަބުދުﷲ ޝާހިދު އަދި ޗެއަރޕާރސަން ފައްޔާޒު ވަނީ އެމީހުންނަށް މަރުހަބާ ކިޔާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް