ޑިމޮކްރެޓްސް ގެ މެންބަރުން އެނބުރި އެމްޑީޕީއާ ގުޅުމަށް ނިންމުމުން އެމްޑީޕީގެ ރައީސް މަރުހަބާ ކިޔައިފި
ދަ ޑިމޮކްރެޓްސް ގެ މެންބަރުން އެނބުރި އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމެވި ނިންމެވުމަށް އެމްޑީޕީގެ ރައީސް އަބުދުﷲ ޝާޙިދު މަރުޙަބާ ވިދާޅުވެއްޖެއެވެ. ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ އަޅުގަނޑުމެން އަބަދުވެސް އަމާޒު ހިފަންވާނީ މުސްތަޤްބަލަށްކަމަށާއި ކާމިޔާބުލިބޭނީ އެކުވެރިވެ އެކުގައި މަސައްކަތްކޮށްގެން ކަމީ ދުނިޔަވީ ޙަޤީގަތް ކަމަށެވެ. ''ރާއްޖޭގެ އެހެން ސިޔާސީ ޕާޓީ ތަކުގެ މެންބަރުންނާއި، ޤައުމުގެ މިސްރާބު ހަމަ މަގަށް ގެންދިއުމަށް ކެތްމަދުވެފައި ތިއްބެވި އެންމެހައި ރައްޔިތުންވެސް އެމްޑީޕީ އާއި ގުޅިވަޑައިގަތުމަށް އަޅުގަނޑު ގޮވާލަން. ރާއްޖޭގައި މުސްތަޤްބަލެއް އޮތް ހަމައެކަނި ސިޔާސީ ޕާޓީއަކީ އެމްޑީޕީ'' ޝާހިދު ވިދާޅުވިއެވެ. ޝާހިދުގެ އިތުރުން އެމްޑީޕީންވެސް ވަނީ ދަ ޑިމޮކްޓިކް ޕާރޓީގެ މެމްބަރުންނަށް މަރުހަބާ ވިދާޅުވެފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް