ދޮންފަނުގައި މޮނިއުމެންޓެއް ހަދައިދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި

ބ. ދޮންފަނުގައި މޮނިއުމެންޓެއް ހަދައިދޭނެ ފަރާތެއް ހޯދަން އެ ރަށު ކައުންސިލުން އިއުލާނުކޮށްފިއެވެ.

އެގޮތުން އެ ކައުންސިލުން ކުރި އިޢުލާނުގައި އެ ރަށުގައި މޮނިއުމެންޓެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށާއި މި މަޝްރޫއުގެ ދަށުން ހަދާ މޮނިއުމެންޓް ހަދަންވާނީ ކައުންސިލުން ދޭ މައުލޫމާތާ އެއްގޮތަށްކަމަށް ބުނެފައިވެއެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށް ފަހު ކައުންސިލްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވުމަށް ނުވަތަ އެ އިދާރާއަށް ގޮސް ފޯމު ހުށަހަޅައި ރަޖިސްޓްރީ ކުރުމަށް ކައުންސިލުން އަންގާފައިވެއެވެ.

ބީލަމާ ގުޅޭ އިތުރު މައުލޫމާތު ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޯރުކޮށްދެވޭނެ ކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހުގެ 11:00 ގައެވެ. އަދި ބީލަން ހުށަހެޅުމުގެ ފުރުސަތު އޮންނާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ 29 ވަނަ ދުވަހުގެ 11:00 ގައި ދޮންފަނު ކައުންސިލް އިދާރާގައި ކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

މި މަޝްރޫއާ ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކަށް ކައުންސިލްގެ ނަންބަރު 4005054 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް ކައުންސިލުން އަންގާފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް