ތ. އަތޮޅުގައި ކެންސަރަށް ސްކްރީން ކުރުމާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް ނިންމައިފި

ތ.އަތޮޅުގައި ކެންސަރަށް ސްކްރީން ކުރުމާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

ތ.އަތޮޅުގެ ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ކެންސަރ ސޮސައިޓީއާއި ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމް އޮންނަނީ 18 ޖޫން އިން 21 ޖޫން އަށެވެ.

ތ.އަތޮޅުގައި މިޕްރޮގްރާމް ހިނގުމަށް ނިންމާފައިވަނީ ތ.ވިލުފުށި، ތ.މަޑިފުށި، ތ.ދިޔަމިގިލި، އަދި ތ.ބުރުނީގައެވެ.

ކެންސަރަށް ސްކްރީން ކުރެވޭ މިޕްރޮގްރާމުގައި އުރަމަތީގެ ކެންސަރާއި، އަނގައިގެ ކެންސަރާއި، ރަހިމުގެ ދޮރަށް ޖެހޭ ކެންސަރާއި، ޕްރޮސްޓޭޓް ކެންސަރާއި، ބޮޑު ގޮހޮރާއި ފުރަގަސް ފަރާތުގެ ކެންސަރަށް ސްކްރީން ކުރުން ހިމެނެއެވެ.

މި ސްކްރީނިންގ ޕްރޮގްރާމްތަކާއި ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯއްދެވުމާއި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެ ރަށެއްގެ ހެލްތު ސެންޓަރަށް ގުޅުއްވާ ނަންނޯޓްކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް