ލަންކާގެ ޓިވެކްގައި ރަޖިސްޓަރީކޮށްފައިވާ މަރުކަޒުތަކުގައި ހިންގާ ކޯސްތަކުގައި ބައިވެރިނުވުމަށް އިލްތިމާސްކޮށްފި
ސްރީލަންކާގެ ޓިވެކްގައި ރަޖިސްޓަރީކޮށްފައިވާ ބައެއް މަތީ ތަޢުލީމުދޭ މަރުކަޒުތަކުގައި ހިންގާ ކޯސްތަކުގައި ބައިވެރިނުވާން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އެމްކިޔުއޭ އިން އިލްތިމާސްކޮށްފިއެވެ. އެ އޮތޯރިޓީން މިހެން އެދިފައިވަނީ ސްރީލަންކާގެ ޓިވެކްގައި ރަޖިސްޓްރީކޮށްފައިވާ ބައެއް މަތީ ތަޢުލީމުދޭ މަރުކަޒުތައް ސަސްޕެންޑް ކޮށްފައިވާތީ އެ ސަސްޕެންޑް ކޮށްފައިވާ ތަޢުލީމުދޭ މަރުކަޒުތަކުގެތެރޭގައި "މެޓްރޯޕޮލިޓަން ކޮލެޖް" އާއި "އީސޮފްޓް" ގެ ހުރިހާ ކެމްޕަސްތައް ހިމެނޭކަން ފާހަގަކުރަމުންނެވެ. ސްރީލަންކާގެ ޓިވެކް ގައި ރަޖިސްޓަރީކޮށްފައިވާ ބައެއް މަތީ ތަޢުލީމުދޭ މަރުކަޒުތައް ސަސްޕެންޑް ކޮށްފައިވާކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އެމްކިޔުއޭ އަށް މަޢުލޫމާތު ލިބިފައިވާތީ، އެ މަރުކަޒުތަކުގައި މަތީ ތަޢުލީމު ޙާސިލްކުރާ ދަރިވަރުން ވީ އެންމެ އަވަހަކަށް އެމްކިއުއޭއަށް އީމެއިލް ([email protected]) މެދުވެރިކޮށް އެކަން އެންގުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ. އަދި އެ މަރުކަޒުތަކުގެ ޕްރޮގްރާމްތަކުގައި މަތީ ތަޢުލީމު ޙާސިލްނުކުރުމަށްވެސް އެ އޮތޯރިޓީންވަނީ އިލްތިމާސްކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް