އުރީދޫއާއި ފުލުހުންނާއި ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާތަކެއްކޮށްފި

އުރީދޫ މޯލްޑިވްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތާ ދެމެދު އިތުރަށް ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރތައް ކުރިއަށްގެންދެވުނީ، އޫރީދޫ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޚާލިދު ޙަސަން އަލް-ޙަމާދީ، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންގެ އަރިހަށް ކުރެެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.

ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ގައި އިއްޔެ ކުރިއަށް ދިޔަ މި ބައްދަވުމުގައި، އާންމު ރައްޔިތުންނަށް ފޯރުކޮށްދެވޭ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމާއި، އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި އުރީދޫ މޯލްޑިވްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތާ ދެމެދު އިތުރަށް ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން، އުރީދޫ މޯލްޑިވްސްއިން އިސްނަގައިގެން އައްޑޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ "އުރީދޫ ފަން ރަން" ގައި ބައިވެރިވެވަޑައިގަތުމަށް އެ ކުންފުނީގެ ސީއީއޯ ވަނީ ސީޕީ ނަވީނަށް ދަޢުވަތު އަރުވައިފައެވެ.

ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އިސްމާޢީލް ނަވީން ޢައްޔަންކުރެއްވީ މި ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް