ކެޓެނޭޓް މަޝްރޫޢުން ދިވެހިރާއްޖޭގެ މުރަކަތައް ރައްކާތެރިކުރުމަށް މަސައްކަތް ފަށައިފި

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އިން މިހާރު ކުރިއަށްގެންދާ ކެޓެނޭޓް މަޝްރޫޢުގެ ދަށުން ދިވެހިރާއްޖޭގެ ޤައުމީ އަދި ދުނިޔޭގެ ފެންވަރުގައި މުހިންމު މުރަކަތަކާއި، އެއާ ގުޅުންހުރި ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތް ފަށައިފިއެވެ.

އެ މިނިސްޓްރީން މަޢުލޫމާތު ދީފައިވާގޮތުގައި މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ހަރުދަނާ ގޮތެއްގައި ބެލެހެއްޓޭ، ހަމަހަމަކަމާއެކު އަދި އެކަށީގެންވާ ގޮތެއްގައި މެނޭޖްކުރެވޭ ރައްކާތެރިކުރެވިފައިވާ ސަރަޙައްދުތަކެއްގެ ވިއުގައެއް ޤާއިމްކޮށް، އެ ސަރަޙައްދުތައް ހިންގައި، ދެމެހެއްޓުމެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ މުރަކަތަކާއި އެއާ ގުޅުންހުރި ދިރުންތައް ރައްކާތެރިކުރެވި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓިގެންދާނެކަމަށްވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ކެޓެނޭޓް މަޝްރޫޢުގެ ދަށުން ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ރައްކާތެރިކުރެވިފައިވާ ސަރަޙައްދުތައް ޤާއިމްކުރެވި، އެ ސަރަޙައްދުތައް ބެލެހެއްޓުމަށް ޚާއްޞަ އުޞޫލުތަކެއް އެކުލަވާލެވިގެންދާނެ ކަމަށާއި، މި މަޝްރޫޢުގެ ތެރެއިން ރަށު އަދި އަތޮޅު ފެންވަރުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކެއްވެސް ހިންގުމަށް ރޭވިފައިވާ ކަމަށްވެސް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން ބުނެއެވެ.

އެ ވުޒާރާއިން ބުނީ ކެޓެނޭޓް މަޝްރޫޢު ކުރިއަށްދާ ގޮތާ ބެހޭ އިތުރު މަޢުލޫމާތު އެ ވުޒާރާގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން ކުރިއަށް ގެންދެވޭ ޙަރަކާތްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެ ވުޒާރާއަށް ގުޅުމަށްވެސް އެދިފައިވެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް