ތަޢުލީމީ ދާއިރާއިން ގުޅުން އިތުރަށް ހަރުދަނާކުރުމަށް ޗައިނާއާއެކު މަޝްވަރާކޮށްފި

ތަޢުލީމީ ދާއިރާއިން ގުޅުން އިތުރަށް ހަރުދަނާކުރުމަށް ޗައިނާއާއެކު މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކޮށްފައިވަނީ، ޗައިނާ އިން ދިވެހިރާއްޖެ އަށް އަލަށް ޢައްޔަންކުރެއްވި ސަފީރު، އެކްސެލެންސީ ކޮންގ ޝިއަންހުއާ، މި ހަފްތާގެ ހޯމަ ދުވަހު، ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުގެ އަރިހަށް ހޯމަ ދުވަހު ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.

މިގޮތުން މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ތަޢުލީމީ ދާއިރާއިން ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ޗައިނާގެ ސަފީރާއެކު ވަޒީރު މަޝްވަރާކުރެއްވިއެވެ.

އަދި ޗައިނާ ސަރުކާރުން ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ވެދެއްވާ އެހީތެރިކަމަށް ވަޒީރު ޑރ. ޝަފީޢު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް