ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވަމުންދާތީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައިވެސް ފުލޫ ކްލިނިކެއް ހުޅުވައިފި

ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވަމުންދާތީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައިވެސް ފުލޫ ކްލިނިކެއް ހުޅުވައިފިކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

އެގޮތުން، ޙައްޖުން ޙައްޖުވެރިން އެނބުރި އައުމާއެކު، އިންފްލުއެންޒާ ފަދަ ނޭވާލާ ނިޒާމުގެ އިންފެކްޝަންތަކާއި ބަލިތައް ފެތުރުން ހުއްޓުވުމަށް ފިޔަވަޅުތައް އަޅަމުންދާ ކަމަށް ފާހަގަކުރަމުން އެ ހޮސްޕިޓަލުން ބުނީ، މިއަދުން ފެށިގެން ހިތްފަހި ކްލިނިކްގައި ކޮންމެ ދުވަހަކު 15:00 އިން 22:00 އަށް ފުލޫ ކްލިނިކް ހުޅުވިފައި ހުންނާނެ ކަމަށް އޭއީއެޗް އިން ބުނެފައިވެއެވެ.

ހުމާއި، ނޭފަތުން ފޭބުމާއި، ކެއްސުން އަދި ނޭވާލާން އުނދަގޫވުން ފަދަ ނޭވާލާ ނިޒާމުގެ އަލާމާތްތައް ހުރެއްޖެނަމަ ފުލޫ ކްލިނިކަށް ދެއްކޭނެ ކަމަށް އޭއީއެޗް އިން ބުނެއެވެ.

ޙައްޖުވެރިންނަށް ޚާއްޞަކޮށްގެން އައިޖީއެމްއެޗް އަދި ހުޅުމާލޭ ހޮސްޕިޓަލުގައިވެސް ވަނީ ފުލޫ ކްލިނިކް ހުޅުވައިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް