ވަޒީރު ޑރ. މާރިޔާ ކެލާ ކައުންސިލާއި ބައްދަލު ކުރައްވައި ދަނޑުވެރިކަމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅިގެން މަޝްވަރާކުރައްވައިފި

ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ހއ. ކެލާ ކައުންސިލާއި ބައްދަލު ކުރައްވައި ދަނޑުވެރިކަމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ގުޅިގެން މަޝްވަރާކުރައްވައިފިއެވެ.

އެކަމަނާ އެ ކައުންސިލަށް ޒިޔާރަތް ކުރެއްވީ ހދ. އަދި ހއ. ގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އެގޮތުން، ކެލާ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި އެރަށުގެ ދަނޑުވެރިކަމުގައި ކުރިމަތިވާ ގޮންޖެހުންތައް ކައުންސިލުން ވަނީ ވަޒީރާއި ހިއްސާކުރައްވާފައެވެ.

އަދި ކެލާގައި ފުޑް ސެކިޔުރިޓީގެ މަސައްކަތްތައް ފެށުމާއި ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.

ވަޒީރުގެ މި ދަތުރުފުޅުގައި ހދ. ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރަށް ޒިޔާރަތްކުރައްވައި ވަޒީރު ވަނީ އެގްރިކަލްޗަރ ސެންޓަރގައި ދަނޑުވެރިކަމުގެ އެކި މަޝްރޫއުގެތެރެއިން ހައްދާފައިވާ ގަސްތައް ބައްލަވާލައްވަވާ، އެ މަޝްރޫޢުތަކާއި ބެހޭ މަޢުލޫމާތުތައް އޮޅުންފިލުވާފައެވެ.

އަދި އެކަމަނާ ވަނީ ރާއްޖޭގައި ކާނާގެ ޔަޤީންކަން އިތުރުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ހދ. ހަނިމާދޫ ކައުންސިލަށް ބަނބުކެޔޮ ގަސް ހަދިޔާކޮށްފިއެވެ. ކާނާގެ ޔަޤީންކަން އިތުރުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ހދ. ހަނިމާދޫ ގައި ބަނބުކެޔޮ ގަސް ހެއްދުމަށްޓަކައި އެރަށުކައުންސިލަށް ވަނީ 50 ގަސް ވަނީ ހަދިޔާކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް