ސީޕީ ނަވީން ކޮނޑޭ ކައުންސިލް މެމްބަރުންނާ ބައްދަލުކުރައްވައިފި

ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން، ގއ. ކޮނޑޭ ކައުންސިލް މެމްބަރުންނާ ބައްދަލުކުރައްވައިފިއެވެ.

އިއްޔެ ޝަހީދު ޙުސައިން އާދަމް ބިލްޑިންނގގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ކޮނޑޭގައި މީހުން ދިރިއުޅެންފެށިތާ 50 އަހަރު ފުރުން ފާހަގަކުރުމަށް ހަމަޖެހިފައިވާތީ އެކަމާގުޅޭ މަޝްވަރާކުރައްވާފައިވެއެވެ.

އަދި އެރަށަކީ ފަތުރުވެރިކަން ފުޅާވަމުން އަންނަ ރަށަކަށްވުމާއެކު ރަށުގައި ފުލުހުންގެ ޚިދުމަތް ހަރުދަނާކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާއި ރަށުގެ ކައުންސިލްގެ ފަރާތުން ކުރިއަށްގެންދާ ސީސީޓީވީ ހަރުކުރުމުގެ މަޝްރޫއާ ގުޅޭގޮތުން މަޝްވަރާކޮށް، މި މަސައްކަތުގައި ފުލުހުންގެ ޓެކްނިކަލް ސަޕޯޓް ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުޙާދު ފިކުރީ އާއި ގއ. ކޮނޑޭ ކައުންސިލް މެމްބަރުން ބައިވެރިވެލެއްވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް