މަޖިލީހުގެ ނައިބު ރައީސް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް ޗައިނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅަކީ 6 ވަނަ ސައުތު އޭޝިއާ ޗައިނާ ކޯޕަރޭޝަން ފޯރަމްއާއި 9 ވަނަ ސައުތު އޭޝިއާ ޗައިނާ އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށާއި އެ ގޮތުން ފޯރަމާއި އެކްސްޕޯގައި މަޖިލީހުގެ ނައިބު ރައީސް ތަޤުރީރުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުންވަނީ ބުނެފައެވެ.


އަޙްމަދު ނާޒިމްގެ މި ދަތުރުފުޅަށް ޚަރަދުކުރައްވަނީ ޗައިނާއިންނެވެ. ސައުތު އޭޝިއާ ޗައިނާ ފޯރަމްއާއި އެކްސްޕޯ ކުރިއަށް ދާނީ މިމަހުގެ 17ން 21އަށް ޗައިނާގެ ކުންމިންގައެވެ. ނައިބު ރައީސާއެކު ރައްޔިތުންގެ މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢިލް ނިޒާރާއި ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސްވެސް ޗައިނާއަށް ވަނީ ފުރާވަޑައިގެންފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް