ނ. ވެލިދޫގައި އިމާރާތްކުރާ ހޮސްޕިޓަލުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ފަށައިފި

ނ. ވެލިދޫގައި އިމާރާތްކުރާ ހޮސްޕިޓަލުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ފަށައިފިއެވެ.

މިކަން ހާމަކޮށް އާރްޑީސީން މިއަދު ބުނީ އެ ކުންފުނީގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ވެލިދޫގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަަށެވެ.

ވެލިދޫ ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތާއި ރިހެބިލިޓޭޝަން ސެންޓަރުގެ މަަސައްކަތް ސަރުކާރުގެ ފަރާތުން އާރްޑީސީއާ ހަވާލު ކޮށްފައިވަނީ މިދިޔަ މާރިޗް މަހުގެ 29 ވަނަ ދުވަހުގައެވެ.

އެ މަސައްކަތަށް ބޭނުންވާ ސާމާނު އާރްޑީސީން އެ ރަށަށް ފޮނުވާފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ 9 ވަނަ ދުވަހުގައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް