ވީއައިއޭގައި ޓޯ-ބަލެސް ވެހިކަލްގެ ހިދުމަތް ފެށުމަށް ތައްޔާރުވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ޓޯ-ބަލެސް ވެހިކަލްގެ ހިދުމަތް ފެށުމުގެ ފަހުގެ ތައްޔާރީތައްވާން ފަށައިފިއެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ އިންޑަސްޓްރީ-ސްޓޭންޑަޑްގެ ޓޯ-ބަލެސް ވެހިކަލް ބޭނުންކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައްވާން ފަށާފައިވާކަމަށެވެ.

މި ވެހިކަލް އޮޕަރޭޓްކުރާނެ 8 މުވައްޒަފުން ތަމްރީނުކޮށް ފައިނަލް ރިސްކް އެސެސްމަންޓަށް ތައްޔާރުވެފައިވާ ކަމަށްވެސް އެމްއޭސީއެލް އިން ބުނެފައިވެ އެވެ.

ޓޯ-ބަލެސް ވެހިކަލް ބޭނުންކުރަން ފެށުުން އޮޕަރޭޝަން އެފިޝިއަންސީ 60 ޕަސެންޓް އިތުރުވާނެ ކަމަށާއި އަދި މިހާރު ބޭނުންކުރާ މިފަދަ ވެހިކަލްތަކާ ހިލާފަށް އަލަށް ބޭނުންކުރާ ޓީޕީއެކްސް-200 އެމްޓީއެކްސް މޮޑެލްގެ ވެހިކަލްގައި ޑްރައިވަރަށް ވަށައިގެންވާ މާހައުލު ސާފުކޮށް ފެންނާނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ޓޯ-ބަލެސް ވެހިކަލްއަކީ އެއާޕޯޓްގެ އޭޕްރަން އިން ރަންވޭއަށް ފްލައިޓް ގެންދަން ބޭނުންކުރާ ވެހިކަލް އެކެވެ. އަދި މިއީ ކޯޑް "ސީ" ގެ މަތިންދާ ބޯޓުން ފެށިގެން ކޯޑް "އީ" ގެ ހުރިހާ މަތިންދާބޯޓުތަކަށްވެސް ހިދުމަތް ދެވޭނެ ވެހިކަލްއެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް