ހުޅުމާލޭގެ ފޭސް 1 އެއްގެ ބައެއް ހިސާބުތަކަށް މިއަދު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

ހުޅުމާލޭގެ ފޭސް 1 އެއްގެ ބައެއް ހިސާބުތަކުން މިއަދު ކަރަންޓް ކެނޑިދާނެ ކަމުގައި ސްޓެލްކޯއިން ބުނެފިއެވެ.

މިކަން ހާމަކޮށް ސްޓެލްކޯއިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، ހުޅުމާލެ ފުރަތަމަ ފިޔަވަހި، ނިރޮޅު މަގު، ހަލަވެލި މަގު، ނިރޮޅު މަގު ގޯޅި 10 ހިމެނޭ ސަރަޙައްދުން 17 ޖޫން 2025 ވާ އަންގާރަ ދުވަހުގެ (މިއަދު) މެންދުރުފަހު 14:00 އާއި 15:30 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.

ސްޓެލްކޯއިން ވަނީ ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް