ހޮޅުދޫގެ މަގު ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައު ކުރިއަށްދޭ: އާރްޑީސީ

ނ.ހޮޅުދޫގެ މަގު ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފިއެވެ.

މިކަން ހާމަކޮށް އެ ކުންފުނިން ބުނީ މި މަޝްރޫޢުގެ ދަށުން މިވަގުތު ކުރެވެމުންދަނީ މޫސާކަލޭފާނު މަގުގައި ކޭބަލް ޖަންކްޝަން ބެހެއްޓުމުގެ މަސައްކަތްކަމަށެވެ.

އާރުޑީސީން އިތުރަށް ބުނެފައިވަނީ ހޮޅުދޫ ޗާންދަނީ މަގުގައި ޓްރީޕިޓް ބެހެއްޓުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށެވެ. މި މަސައްކަތްތަކަކީ މަގު ހެދުމުގެ މަޝްރޫޢުގެ މުހިންމު ބައިތަކެއް ކަމަށް ބެލެވެއެވެ.

ނ. ހޮޅުދޫގެ މަގުތައް ތާރު އަޅައިގެން ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރެވުނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. އޭރު ޕްލޭނިން މިނިސްޓްރީން ހާމަކުރި ގޮތުގައި، 71 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ހޮޅުދޫގެ 3.4 ކިލޯމީޓަރުގެ މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކޮށް، ތާރު އަޅައި އަދި މަގު ބައްތި ވެސް ހަރުކުރުމަށް ވަނީ ރޭވިފައެވެ.ވެ.

ނަމަވެސް، މަޝްރޫޢުގެ މަސައްކަތް ވަކި ހިސާބަކުން ހުއްޓިފައި އޮތުމަށްފަހު، މި ސަރުކާރުގައި މިދިޔަ ޑިސެމްބަރު މަހު އާރުޑީސީން ވަނީ ހޮޅުދޫ މަގުތައް ހެދުމުގެ މަސައްކަތް އަލުން ފަށައިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް