މާލޭގެ ބައެއް ހިސާބުތަކުން މިއަދު ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މާލޭގެ ބައެއް ހިސާބުތަކުން މިއަދު ކަރަންޓް ކެނޑިދާނެ ކަމުގައި ސްޓެލްކޯއިން ބުނެފިއެވެ.

މިކަން ހާމަކޮށް ސްޓެލްކޯއިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، ބޮޑުރަސްގެފާނު މަގު އަދި ބޮޑުރަސްގެފާނު މަގު ހަނި ގޯޅި ހިމެނޭ ސަރަޙައްދުން 16 ޖޫން 2025 ވާ ހޯމަ ދުވަހުގެ 14:00 އާއި 16:00 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ސްޓެލްކޯއިން ވަނީ ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް