ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް ހުޅުވައިލުމުން ހަ ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެ ހަ ބޭފުޅުންނާ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިންޓަވިއުކޮށް އޭގެ ތެރެއިން 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބުނީ ތިން ބޭފުޅަކަށެވެ.
ޒަމްއަތު އަހުމަދު ވަހީދު (89 ޕަސެންޓް)
ޒީނާ ޒާހިރު (85 ޕަސެންޓް)
ޝިމްލާ އަހުމަދު: (77 ޕަސެންޓް)
ތިން ބޭފުޅުންގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވުމުން މިއަދު އެކަމާ ގުޅިގެން ވަނީ ބަހުސްކޮށްފަ އެވެ. ބަހުސަށް ފަހު ވޯޓަށް އަހަނީ ލިސްޓުގެ ތަރުތީބުންނެވެ.
އެހެންވެ، އެންމެ ފުރަތަމަ ޒަމްއަތުގެ ނަމަށް ވޯޓަށް އަހާފައިވާއިރު، އޭނާ އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް 56 މެންބަރުން ވޯޓު ދެއްވި އެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވަ އެވެ.





