މ.ރަތްމަންދޫ ކައުންސިލްގެ އައު އިމާރާތުގެ މަޝްރޫއުގެ ނިމިއްޖެ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީން ހާމަކޮށްފިއެވެ.
ޕީ.އެސް.އައި.ޕީ ބަޖެޓުގައި ހިމެނިގެން ކުރިއަށްގެންދެވުނު މި މަޝްރޫޢަކީ މ. ރަތްމަންދޫ ކައުންސިލާއި ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ 4.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ތްރީ ޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މި މަޝްރޫއުގެ މަސައްކަތް ނިންމާލެވިފައިވަނީ 22 މާރިޗު 2025 ގައެވެ.





